ހިންމަފުށި ރީހެބުން ޕޮޒިޓިވްވި 3 މީހުންވެސް ރަނގަޅުވެއްޖެ

ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) ގައި ފަރުވާ ހޯދަމުންދަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 3 މީހުންވެސް ބަލިން ރަނގަޅުވެއްޖެއެވެ.

އެ މީހުން ބަލިން ރަނގަޅުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ތިން މީހުން ރަނގަޅުވެ، މިހާރު އެ މީހުން ވަނީ އެނބުރި ރިހެބަށް ގެންގޮސްފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޭޝްބޯޑުން ދައްކާގޮތުން މެއި 14 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވި މި ތިން މީހުން ރަނގަޅުވެފައި ވަނީ އިއްޔެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 488 އަށް އަރާފައެެވެ.

އެ ތިންމީހުން ޕޮޒިޓިވް ކަން އެގުނީ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރޭގައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!