ކޮވިޑް19 ގައި މިއަދު ނިޔާވެފައިވަނީ ވައިކަރަދޫ މީހެއް

ކޮވިޑް19 އަށް ޕޮޒިޓިވްވެގެން މިއަދު ނިޔާވެފައިވަނީ ވައިކަރަދޫ މީހެކެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ނިޔާވެފައި ވަނީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 06:20 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ ވައިކަރަދޫ ކަށިމާގޭ އުމުރުން 89 އަހަރުގެ ރުގިއްޔާ އަލީ އެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 7 ވަނަ މިހާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!