ބަންގްލަދޭޝްގެ އިތުރު 200 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި

ރާއްޖޭގައި ދިރިއުޅެމުން ދިޔަ ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މޯލްޑިވިއަން އެއާލައިންސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން އެ އެއާލައިންސްގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީން ރާއްޖެ އިން ފޮނުވައިލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް އިންޑިއާ އާއި ބަންގްލަދޭޝްގެ ގިނަ ބަޔަކު ވަނީ ގައުމަށް ފޮނުވާލައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!