އަނެއްކާވެސް އެބޯލާ ފެތުރެން ފަށައި، ކޮންގޯގައި 4 މީހަކު މަރުވެއްޖެ

އަނެއްކާވެސް އެބޯލާ ފެތުރެން ފަށައި، އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯގައި 4 މީހަކު މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަންދަމަން ބުނީ ކޮންގޯގެ އެމްބަންޑަކާ އިން އެބޯލާގެ ހަ ކޭހެއް ފެނިފައިވާ ކަމަށާއި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާކަމަށް ރެކޯޑުކުރެވިފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ހާއްސަ މާހިރަކު އެމްބަންޑަކާ އަށް މިހާރު ވަނީ ފޮނުވައިފައެވެ.

ކޮންގޯ އަކީ ފުރަތަމަ އެބޯލާ ފެނުނު ގައުމެވެ. ފުރަތަމަ އެބޯލާ ފެނުނީ 1976 ވަނަ އަހަރު އެވެ. އެފަހުން 2018 ވަނަ އަހަރު ވެސް ކޮންގޯގައި އެބޯލާ ފެތުރި 54 މީހަކަށް ބަލި ޖެހި 33 މީހަކު މަރުވިއެވެ. އަދިވެސް އެބޯލާ އަށް މުޅިން ކަށަވަރު ވެކްސިނެއް އުފެއްދިފައި ނުވި ނަމަވެސް އެބޯލާ އާއި ދެކޮޅަށް މިހާރު ދެ ވެކްސިނެއް ބޭނުން ކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!