ކޯވިޑްގައި މަރުވި ބިދޭސީ މީހާގެ ހަށިގަނޑު ހުޅުމާލެ ސަހަރާގައި ވަޅުލައިފި

ކޯވިޑް-19އަށް ޕޮޒިޓީވްވެ ފަރުވާދެމުން ދަނިކޮށް ނިޔާވި ބަންގްލަދޭޝްމީހާގެ ހަށިގަނޑު ހުޅުމާލެ ސަހަރާގައި ވަޅުލައިފިއެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 6 ވަނަ މީހާއެވެ.

އުމުރުން 54 އަހަރުގެ އެމީހާގެ ހަށިގަނޑު ވަޅުލާފައި ރޭގެ މެންދުމުން އަލިވެ 1:15 ހާއިރު ކޮވިޑްގެ ބަލިމަޑުކަމުގައި މަރުވާ މީހުން ވާލުލުމުގެ އުސޫލުތަކުގެ ދަށުން ހުޅުމާލެ ސަހަރާގައެވެ.

ރާއްޖެއިން މިހާތަނަށް 6 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، 3 ދިވެހިންނާއި ބަނގުލަދޭޝްގެ 3 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!