ޗައިނާއިން ރާއްޖެއަށް 20،000 މާސްކު ހަދިޔާކޮށްފި

ޗައިނާގެ ސޫޒޯ ސިޓީގެ ފަރާތުން މާލެ ސިޓީއަށް 20،000 މާސްކު ހަދިޔާކޮށްފިއެވެ. ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޗައިނާއިން ހަދިޔާކުރި މާސްކުތައް ބޭނުންކުރާނީ މި ދުވަސްވަރު އިސް ސަފުގައި މަސައްކަތް ކުރާ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށް ސިޓީ ކައުންސިލް މެންބަރު ހުސެއިން ޝަރީފު ވިދާޅުވެފައިވެއެވެ.

އަދި މި އެހީއަކީ ސޫޒޯ ސިޓީއާއި މާލެ ސިޓީއާ ދެމެދު ވެފައިވާ އެކުވެރިކަމުގެ “ސިސްޓާ ސިޓީ” އެގްރީމެންޓުގެ ދަށުން އެ ސިޓީން ހަދިޔާ ކުރާ ތަކެތި ކަމަށްވެސް ހުސެއިން ވަނީ “މިހާރު” ނޫހަށް ހާމަކުރައްވާފައެވެ. މި އެގްރީމެންޓަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ޗައިނާގެ ގުއާންޒީ ސިޓީއާއެކު ވެފައިވާ “ސިސްޓާ ސިޓީ” އެގްރީމެންޓުގެ ދަށުން އެ ސިޓީން ވެސް ވަނީ މިދިޔަ މަހު ކުރީކޮޅު މާލޭ ސިޓީ ކައުންސިލަށް ސިއްޙީ ތަކެތި ހަދިޔާކޮށްފައި ކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!