ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާތަނަށް 28 މީހަކަށް ފަރުވާ ދީފި

ކޮވިޑް-19 އަށް ފަރުވާދޭ މައި މަރުކަޒެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ 28 މީހަކަށް ކާމިޔާބުކަމާއެކު ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޮވިޑަށް ފަރުވާދޭ ފެސިލިޓީއެއްގެ ގޮތުގައި އެ ހޮސްޕިޓަލް ހިންގަމުންދާތާ އެއްމަސް ފުރިފައިވާތީ މި މުއްދަތުގެ ކާމިޔާބު ޚިދުމަތް ފާހަގަކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކޮރޯނާ ވައިރަހަށް ފަރުވާ ދިނުމަށްޓަކައި ބަލިމީހަކު އެންމެ ފުރަތަމަ އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ މެއި މަހުގެ 6 ވަނަ ދުވަހު ކަމަށާއި މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވި ޖުމުލަ 28 މީހުންނަށް ކާމިޔާބުކަމާއެކު ފަރުވާ ދީފައި ކަމަށެވެ.

މިއީ ސަރުކާރުގެ އެކި ކަރަންޓީން ސެންޓަރުތަކުން އައިޖީއެމްއެޗް މެދުވެރިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ރިފަރ ކުރެވިފައިވާ މީހުން ކަމަށެވެ. މީގެ ތެރޭގައި 3 ކުޑަކުދިން ވެސް ހިމެނެއެވެ.

މިވަގުތު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދަނީ ކޮވިޑް ބަލީގެ ޖުމްލަ 13 މީހުންނަށް ކަމަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!