ފޮޓޯ: އަވަސް

ހާލަތު މަޑުޖެހުމުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވި އެންމެންގެ މައްޗަށް ދައުވާ ކުރެވޭނެ: އިމްރާން

ކޮވިޑްގެ ހާލަތު މަޑުޖެހުމުން އެމްއެމްޕީއާރްސީ ހިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވި އެންމެންގެ މައްޗަށް ދައުވާ ކުރެވޭނެކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް، އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

“ރާއްޖެ ޓީވީ” ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވުން އިމްރާން ވިދާޅުވީ އެ މައްސަލައިގައި އެންމެ އިސްކޮށް ބައިވެރިވެފައިވާ މީހުން ހޯދިފައިވާ ކަމަށާއި އެމީހުންނަށް ދައުވާ ކުރުމަށް ފޮނުއްވާނެ ކަމަށެވެ. އަދި މިހާރުވެސް އެ މީހުން ތިބީ ބަންދުގައި ކަމަށާއި ހަމައެއާއެކު ތަހުގީގުވެސް، އަދިވެސް ކުރިއަށްދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު، ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންއަށް ދިޔުމުގެ ކުރިން، އެންމެ ފަހުގެ ބަޔާންތަށް ނެގި ސޮއެ ކުރުމާ ހަމައަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއަރުސީ ހިޔާނާތުގައި 267 މީހަކަށް މަންފާ ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށްވެސް ތުހުމަތުތައް އުފުލިފައިވާ އެމްއެމްޕީއާރުސީފެ ހިޔާނާތާ ގުޅިގެން މިވަގުތު 5 އަހަރުގެ ހުކުމެއް އައިސް ޖަލުގައި ހުންނެވީ އެ ހިޔާނާތުގައި ބައިވެރިވާކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!