ކުލި ނުދެއްކިގެން 220 މީހުން އެހީތެރިކަމަށް އެދުނު!

ކުލި ނުދެއްކިގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު މީހުންގެ އަދަދު 220 އަށް އަރާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 17ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31ގެ ނިޔަލަށް 220 މީހަކު ކުލި ނުދެއްކިގެން އެހީތެރިކަމަށް އެދުނު ކަމަށެވެ. އެންމެ ގިނައިން ކުލި ނުދެއްކިގެން އެހީތެރިކަމަށް އެދުނީ މެއި މަހުގެ 15ވަނަ ދުވަހާއި 21ވަނަ ދުވަހާއި ދެމެދު ކަމަށާއި އެގޮތުން އެ ދުވަސްތަކުގައި 75 މީހަކު އެހީތެރިކަމަށް އެދުނު ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ކޮވިޑް ކަންތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާތަނަށް ވަނީ 4.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެ ފައިސާ އަކީ އެކި ފަންޑުތަކުން ހޭދަކޮށްފައިވާ ފައިސާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. މީގެތެރޭގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތައް ވެސް ހިމެނޭ ކަމަށެވެ.

“ބަޖެޓުން މިހާތަނަށް 1.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފައި. އޭގެ ތެރޭގައި ގިނައިން ހޭދަކޮށްފައިވަނީ ކެއިން ބުއިމުގެ ހަރަދަށް،” ޔުމްނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!