150 އަށް ވުރެ ގިނަ ފުލުހުން ކަރަންޓީންގައި

ކޮވިޑް 19އާ ގުޅިގެން 150 އެއްހާ ފުލުހުން ކަރަންޓީނުގައި އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅުގެން ހިނގަމުން އަންނަ ބޮޑު އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން ކުރަމުން އަންނަ މަސައްކަތަކީ ހުރިހާ ދިވެހިން ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ފުރާނަ އަތްމައްޗަށް ލައިގެން 500 އެއްހާ ފުލުހުން މާލެ ތެރެ ބެލެހެއްޓުމުގެ މަސައްކަތް ކުރާ ކަމަށާއި އަދި 700 އަށްވުރެ ގިނަ ފުލުހުން ކޮވިޑް-19 ގެ އެކި ކަންކަމުގައި އަތޮޅުތެރެ ބަލަހައްޓަމުން އެބަ ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މިވަތުވެސް 150 އަށްވުރެ ގިނަ ފުލުހުން ކަރަންޓީންގައި އެބަ ތިބި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!