ގޭގެޔަށް ޒިޔާރަތްކުރަމުން އެބަދޭ، އެއީ ހުއްދަ ކަމެއް ނޫން: ޑރ. އަފްޒަލް

ގޭގެޔަށް ޒިޔާރަތްކުރަމުންދާކަން ފާހަގަވާ ކަމަށާއި އެއީ މިފޭހުގައި ކުރުން ހުއްދަ ކަމެއް ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިދީފައިވާ ފުރަތަމަ މަރުހަލާގައި އެއްވެސް ވަރަކަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން ފާހަގަކުރެވޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ގޭތެރެ ސާފުކުރުމަށް ބޭރު މީހުން ގެއަށް ގެންނަ ކަމަށާއި އެއީވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ.

ޑރ. ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ މަގުތަކަށް ނުކުންނައިރު އެންމެންވެސް މާސްކް އެޅުން ކަމަށެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!