ފޮޓޯ: ގޫގުލް

ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރާނެ: އޭޖީ

އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއަށްވެސް ކޮރޯނާގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މިގޮތުން އެޅޭ އެންމެ ވަރުގަދަ ފިޔަވަޅިކީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ކުރައްކާ އޮތް ފަރާތްތަށް އަވަހަށްދެނެގަނެ ކަރަންޓީން ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރެވެނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންގެ ވަރަށްބޮޑު އެއްބާރުލުމަކާއެކުގައެވެ. މިކަމަށްޓަކައި ބައެއް ރިސޯރޓްތަށްވެސް ވަނީ ސަރުކާރަށް ދޫކޮއްފައެވެ.

މިފަހުން އަމިއްލަ ފަރުދުންގެ ގެތަށް ކަރަންޓީނު ފެސިލިޓީއަކަށް ބޭނުންކުރުމަށް ސަރުކާރަށް ނެގުމަށް ހުށައެޅުމާއެކު އިދިކޮޅުންދަނީ ފާޑު ކިއުންތަކެއް ކުރިމަތިކުރަމުންނެވެ. އެހެން ނަމަވެސް މި ފާޑުކިއުންތަކަށް ބަންޑާރަނައިބު ރިއްފަތު ވަނީ ރައްދު ދެއްވާފައެވެ. ވަކި އިމާރާތެއް ކޮންމެހެން ބޭނުންވެގެން ،ފައިސާ ދައްކާގޮތަށް ،އާއްމު މަންފާއަކަށް އިމާރާތެއް ނެގުމަކީ ދައުލަތަށް ލިބިގެންވާ ހައްޤެކެވެ.

މިއީ އިމާރާތު ވެރިފަރާތަށް އެކަށީގެންވާ ކުއްޔެއް ދައްކާގޮތަށް ގިނަވެގެން އެއްއަހަރުދުވަހުގެ މުއްދަތަކަށް ކުރެވޭ ވިޔަފާރިއެއްގެ އުސޫލުން ކުރެވޭކަމެކެވެ. އިތުރަށް ރިއްފަތު ބުނެފައިވަނީ މި ކުއްލި ނުރައްކަލުގެ ހާލަތުގައި ވަޒީރުންގެ ނިންމުމަށް އީހްތިރާމްކޮށް ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ދައުލަތުން ކަށަވަރު ކޮއްދެވޭނެ ކަމަށެވެ. ބަންޑަރަނައިބުގެ ޓްވީޓްގައި މިކަން އޮންނާނެގޮތްވަނީ ވަރަށްބޮޑަށް ތިލަކޮށްދެއްވާފައެވެ.މިނުރައްކާތެރި ހާލަތުން އަރައިގަތުމަށް މިއަދު އެކަކު އަނެއްކަކަށް އެހީތެރިވުން މުހިއްމެވެ.

ކަރަންޓީން ކުރުމަށް މީހުންގެ އަމިއްލަ އިމާރާތްތަށް ނެގުމުގެ ބާރުލިބޭ ގޮތަށް އެކުލަވާލައިފައިވާ ގަވައިދުގައި ކަރަންޓީން މަރުކަޒުތަށް ކަނޑައެޅުމުގެ ބާރުދީފައިވަނީ ހެލްތު މިނިސްޓަރ އަށެވެ. އަދި މި ގަވައިދުގެ ދަށުން މީހެންގެ އިމާރާތެއް ސަރުކާރަށް ނަގާނަމަ އެތަނަކަށް ކުލިދިނުމާއި އިމާރާތުގައި ބަޔަކު އުޅޭނަމަ އެބަޔަކަށް ބޯހިޔާވަހިކަމާއި ބަދަލު ދިނުން ލާޒިމްކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!