އިތުރު 35 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 35 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު 35 މީހުން ރަނގަޅުވެފައިވާ ކަމަށާއި އެއާއެކު ބަލިން ރަނގަު ކުރެވުނު މީހުންގެ އަދަދު 488 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1829 އަށް އަރާފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 1002 ބަންގްލަދޭޝް ރައްޔިތަކަށް ރާއްޖެއިން ބަލި ޖެހިފައިވެ އެވެ. 

ބަންގްލަދޭޝް މީހުން ފިޔަވައި، ރާއްޖެއިން ދެން އެންމެ ގިނައިން މި ބަލި ޖެހިފައި ވަނީ ދިވެހިންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!