ދުވަސް ގަނޑަކަށް ފަހު މިރޭ މެންދަމު އޮންނަ ޖަލްސާގައި ގާސިމް ބައިވެރިވެ ލައްވަނީ!

ޤާނޫނު އަސާސީ ސަރުކާރުން ބޭނުންވާ ގޮތައް އިސްލާހް ކުރަން މިރޭ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެނެސްފިއެވެ.

ގާސިމް މިރޭގެ ޖަލްސާއަށް ގެނައީ ޤާނޫނު އަސާސީ އިސްލާހް ކުރުމަށް ބޭނުންވާ 66 މެންބަރުންގެ ވޯޓް ނުލިބިދާނެ ކަމަށް ބެލެވިފައި ވުމުންނެވެ. މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 65 މެންބަރުންނެވެ. ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު އުނިކުރުމުން އެމްޑީޕީއަށް 64 މެންބަރުން ހަމަވި ނަމަވެސް، މިހާރު މާލޭގައި ތިއްބެވީ އެމްޑީޕީގެ 63 މެންބަރުންނެވެ. އެމްޑީޕީގެ އެއް މެންބަރަކު ރާއްޖޭގައި ވަޑައިގެން ނޫޅުއްވައެވެ.

އެހެންކަމުން މިރޭ ޤާނޫނު އަސާސީ އިސްލާހް ކުރެވެން އޮތީ ޖުމްހޫރީ ޕާޓީގެ މެންބަރުން ޤާނޫނު އަސާސީ އިސްލާހް ކުރަން ވޯޓް ދެއްވައިގެންނެވެ.

ގާސިމް މާލެ ވަޑައިގެންނެވި އިރު އެމަނިކުފާނު ގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވެސް ހުންނެވީ ރިސޯޓްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް މާލެ ވަޑައިގެންނެވީ މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ސަރުކާރުން އެންގުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!