މަނަދޫވެސް މޮނިޓްރިންގެ ހާލަތުން ނަގައިފި

ނ. މަނަދޫން ކޮވިޑަށް ޕޮޒިޓިވްވި ނުވަ މީހުންގެ ދެވަނަ ސާމްޕަލް ނެގެޓިވެ، ރަށް މޮނިޓްރިން އިން ނަގައިފިއެވެ.

މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ ރޭ ދަންވަރު 1:05 ގައި އެ ރަށް މޮނިޓަރިންއިން އުވާލާފައިވާ ކަމަށާއި އެޗްޕީއޭގެ ލިޔުން ލިބިފައިވާ ކަމަށެވެ.

މަނަދޫން ކޮވިޑަށް ފުރަތަމަ ޕޮޒިޓިވްވި މީހާ އަކީ ކޮވިޑާ ގުޅުން ނެތް ބައްޔެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުން ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވީއެވެ. އަނެއްކާ ފަހުން ހެދި ޓެސްޓަކުން ނެގެޓިވެ ވެފައި ތިން ވަނައަށް ހެދި ޓެސްޓަކުން އަނެއްކާ ޕޮޒިޓިވް ކަަމަށް ދެއްކީއެވެ. ނަމަވެސް 4 ވަނަ ފަހަށް ޓެސްޓް ހެދިއިރު ނެގެޓިވް ވެ ބަލިން ރަނގަޅުވި ކަމަށް ނިންމާ ދޫކޮށްލި އިރުވެސް ކުރިން ފަރުވާ ހޯދަމުން ދިޔަ ބައްޔަށް އޭނާ ދިޔާއީ ފަރުވާ ލިބިގަންނަމުން ދަނިކޮށް ވަނީ މަރުވެފައެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ޖުމްލަ 6 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!