ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފަށައިފި

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތައް އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު ފަށައިފި އެވެ.

ވިލާ ކޮލެޖުގެ ކުރިމަތީގައި އޮތް ހުސް ބިމުގައި އިމާރާތްކުރާ އެ ސްކޫލު ހަވާލުކުރީ 74.9 މިލިއަން ރުފިޔާ އަށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ 4 ފެބްރުއަރީ 2020 ގަ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު، 1،000 ދަރިވަރުންގެ ޖާގައިގެ އިމާރާތް އެއްކޮށް ނިންމަންޖެހެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިހާރު ދިމާވެފައިވާ ދަތިތަކާ ހެދި މަސައްކަތްތައް ނިމޭނެ ތާރީޚެއް ލަފާކުރަން އުނދަގޫ ކަމަށް އެސްޖޭ އިން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 364 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި އެ ސްކޫލުވެގެންދާނީ ވަށާޖެހޭ ތައުލީމެއް ދެވޭ، އެއްދަންފަޅިއަށް ހިންގޭނެ ފުރަތަމަ މޮޑެލް ސްކޫލަށް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނާ ގޮތުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި 2022 ވަނަ އަހަރުގެ ދިރާސީއާ އަހަރާއެކު ކިޔަވައިދޭން ފެށޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!