އަރްމީނިއާގެ ބޮޑުވަޒީރުއާއި އޭނާގެ މުޅި އާއިލާވެސް ޕޮޒިޓިވްވެއްޖެ

އަރްމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަންއާއި އޭނާގެ މުޅި އާއިލާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފޭސްބުކް ލައިވް މެދުވެރިކުރައްވާ މިކަން އިއުލާން ކުރައްވަމުން ބޮޑުވަޒީރު ޕަޝިންޔަން ވިދާޅުވީ، ކޮވިޑް-19 ޖައްސާ ވައިރަހަށް އޭނާ ހުށަހެޅުނު ކަމަށް ބޮޑަށް ބެލެވެނީ މަސައްކަތުގެ ތެރެއިން ހާޒިރުވެވަޑައިގެންނެވި ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމަކުން ކަމަށެވެ.

ހަށިކޮޅުން ބަލީގެ އެއްވެސް އަލާމާތެއް ފެނިވަޑައިނުގަންނަވާ ކަމަށާ، ގެކޮޅުގައި ހުންނަވައިގެން ވީ ވަރަކުން ރަސްމީ މަސައްކަތްޕުޅުތައް ކުރެއްވޭތޯ ބައްލަވާނެ ކަމަށްވެސް އަރްމީނިއާގެ ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ.

އެމަނިކުފާނު ޕޮޒިޓިވް ވެ ޑައިގަތްކަން އިއުލާނު ކުރައްވާފައި ވަނީ އިއްޔެ ގެ ވަގުތެއްގައި ކުރެއްވި އެފްބީ ޕޯސްޓެއްގައިއެެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!