އިންޓަވިއުއަކާއި ގުޅިގެން މިނިސްޓަރު މަހުލޫފްގެ ފާޑުކިޔުން 4 ނޫހަކަށް

އެފްއޭއެމުން ގެނެސްދިން ލެޓްސް ޓޯކް ފުޓުބޯޅަ ޝޯގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަ އަހްމަދު މަހުލޫފު ދެއްވި އިންޓަވިއުއާއި ގުޅިގެން 4 ނޫހަކަށް ފާޑުވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، “މިހާރު” ނޫހާއި، “ވަން” އޮންލައިން އާއި ސީއެންއެމް އަދި ވަގުތު ނޫހުން ލިޔެފައިވާ ހެޑްލައިންތަކުން އޭނާ ދެއްކި ވާހަކަ އަދި ނުދައްކަވާ ވާހަކަތައް އޮޅިއްޖެ ކަމަށެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ 45 މިނެޓްގެ ޕްރޮގްރާމަކުން މިޔަށްވުރެ ޒިންމާދާރުކޮށް ހަބަރުތައް އަދި ހެޑްލައިންތައް ލިޔުމުގެ ގާބިލުކަން ނޫސްވެރިންގެ ހުންނާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!