ފުރަބަންދު ހާލަތުގައި މޭ މަހު ޕީޖީން 45 މައްސަލައެއް ކޯޓަށް ފޮނުވައިފި

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާ ހާލަތުގައި މޭ މަހު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 45 މައްސަލައެއް ނިންމާ، ކްރިމިނަލް ކޯޓަށް ފޮނުވާފައިިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާ ހާލަތުގައި މޭ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 45 މައްސަލައެއް ނިންމާ ކްރިމިނަލް ކޯޓަށް ފޮނުވާފައިިވާ ކަމަށެވެ. މީގެ ތެރޭގައި 77 ދައުވާ ޝީޓު ހިމެނޭ ކަމަށާއި އަދި ހުރިހާ ލިޔެކިއުންތަކެއް ފޮނުވާފައިވަނީ އޮންލައިންކޮށް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ރަށު ކޯޓުތަކަށް ވެސް ލިޔެކިއުންތައް ފޮނުވުމަށް ތައްޔާރު ވެފައިވާކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ކަރުދާސް ފޮނުވުމުގެ ބަދަލުގައި، އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުން މާބޮޑަށް ރަނގަޅު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!