IruOnline

ބޭރުގައި އުޅުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ބަސް ކާޑުން ޓިކެޓް ނަގައިގެން ދަތުރު ކުރެވޭނެ

ކޮވިޑް-19 ގެ ސަބަބުން ބޭރުގައި އުޅުމުގެ ހުއްދަ ތިބި ފަރާތްތަކަށް އެމްޕީއެލްގެ ބަސް ހިދުމަތް ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން މިއަދު ބުނީ އެފަރާތްތަކަށް މީގެކުރިން ބަހުގެ ހިދުމަތް ދެމުން ދިޔައީ ހިލޭ ކަމަށެވެ. އެހެން ނަމަވެސް ޖޫން އެއްވަނަ ދުވަހުން ފެށިގެން ބަހުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެސް ހިދުމަތް ދޭނީ ބަސް ކާޑު މެދުވެރިކޮށް ޓިކެޓް ނަގައިގެން ކަމަށެވެ.

Image

ދަރުބާރުގޭގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ޝެޑިއުލްއަކަށް ބަހާލައިގެން ހާއްސަ 8 ދަތުރެއް މާލޭގައި ކުރަމުން އަންނަ ކަމަށާއި އައްޑޫ އަދި ފުވައްމުލަކުގައިވެސް ހުއްދަ އޮންނަ ފަރާތްތަކަށް ވަކި ހާއްސަ ދަތުރުތަކެއް ކުރާ ކަމަށެވެ. އަދި ފުވައްމުލަށް، އައްޑޫ، ހުޅުމީދޫ އާއި ދޭތެރޭވެސް ފެރީ މެދުވެރިކޮށް ބައެއް ކާބޯތަކެތި ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!