IruOnline

3 ރަށެއްގެ ފެނުގެ ހިދުމަތް އާންމު ހާލަތަށް ގެނެސްފި

ތިން ރަށެއްގައި އެމްޑަބްލިއުއެސްސީން ދެމުންގެންދާ ހިދުމަތްތައް އާންމު ހާލަތަށް ގެނެސްފި އެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ޢިއުލާންކުރި މާލޭ ސަރަހައްދުގައި ސަރުކާރުން އިޢުލާންކުރި ފުރަބަންދާގުޅިގެން، ގްރޭޓަރ މާލޭ ރީޖަންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީން ޚިދުމަތްދެމުންގެންދާ ރަށްރަށުގައި އެކުންފުނިން ދެމުންދާ ބައެއް ޚިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް 28 މެއި 2020 ވަނަ ދުވަހު ފުރަބަންދާގުޅޭގޮތުން އިޢުލާންކުރި ލުއިތަކާއެކު އެކުންފުނިން ޚިދުމަތްދެމުންގެންދާ ކުޅުދުއްފުށި ސިޓީއާއި، ކ. މާފުއްޓާއި، ރ. ދުވާފަރުގައި މިއަދުން ފެށިގެން އެކުންފުނިން ދެމުންދާ ހުރިހާ ޚިދުމަތްތަކެއް ކުރިއެކެވޭސް އެއްފަދައިން ކަސްޓަމަރުންނަށް ލިބެމުންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން ވަކިގޮތެއް އަންގަންދެން އެ 3 ރަށުގައި ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ލިބެމުންދާނެކަމަށެވެ. އަދި ގްރޭޓަރ މާލޭ ރީޖަންގައި އާއްމު އުޞޫލުން ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމުން، އެކަން އާއްމުކޮށް އިޢުލާންކުރާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!