IruOnline

ގާނޫނު އަސާސީގައި އަކުރެއް އިތުރު ކުރުމަށް ވެސް އެއްބަސް ވާނީ ޔާމީން މިނިވަންކުރުމުން: އިދިކޮޅު

ގާނޫނު އަސާސީގައި އަކުރެއް އިތުރު ކުރުމަށް ވެސް އެއްބަސް ވާނީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް އިދިކޮޅުން ޝަރުތުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލު ފާސްކޮށްފައެވެ. އެހެން ނަމަވެސް އެ ބިލު އަދި ތަޅުމުން ފާސްކުރަން ޖެހޭނެއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ބިލެއްގެ ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ކުރަންވާނީ، އެ ރިޕޯޓު މަޖިލީހުގެ މެމްބަރުންނަށް ފޮނުވުމަށްފަހު، އެ ބިލަށް އިސްލާހު ހުށަހެޅުމަށްޓަކައި މެމްބަރުންނަށް ސާފު ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.

ނަމަވެސް އެ މުއްދަތު އެއަށްވުރެ ކުރު ކުރަންޖެހިއްޖެ ހިނދެއްގައި މަޖިލީހުގެ ރައީސް، ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު އެކަން ކުރުމަކަށް ގަވާއިިދު ހުރަހެއް ނާޅައެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރައިސް ނަޝީދު ވިދާޅުވީ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކުރަން އަވަސްކުރުމާ ގުޅޭގޮތުން، މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ލަފަޔަަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ބިލުގެ މަސައްކަތް އަވަސްކުރުމަށް އިދިކޮޅުން އެއްބަސްނުވި ކަމަށާއި، އެހެންކަމުން މިއަދު ބިލުގެ މަސައްކަތް ނުނިންމޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!