IruOnline

މަސްވެރިންގެ ހައްގުގައި މަޖިލީހުން މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް މިނިސްޓަރު ޒަހާގެ މަސްއޫލިއްޔަތު އަދާނުކުރެވޭ : ނިހާދު

މަސްވެރިންގެ ހައްގުގައި މަޖިލީހުން މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެނޭކަމަށް ސ. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެ މިނިސްޓަރ ޒަހާގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޒަހާގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭކަމަށް ގަވައިދު ކޮމިޓީން ނިންމަވާފައިވާ ރިޕޯޓަށް ބަހުސް ކުރަމުން ސަރުކާރު ހިންގަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.

އެގޮތުން މިއަދު ކުރިއަށްދިޔަ މަޖިލީހުގައި ބަހުސްކުރައްވަމުން ނިހާދު ވިދާޅުވީ މަސްވެރިކަމުގެ ގާނުނު ވުޖޫދަށް ގެނައި ވަރަށް ބުރަ މަސައްކަތްކޮށް މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދައިދިނުމަށް ކަމަށެވެ.

ނަމަވެސް މިހާ ހިސާބަށް އައިރުވެސް އެ ގާނޫނުގެ ސަބަބުން މަސްވެރިންނަށް ފައިދާ ނުލިބެނީ ގާނޫނުގެ ދަށުން ހަދަންޖެހޭ ގައިވަދުތައް ހެދިފައި ނުވުން ކަމަށާއި އެގޮތުން މަސްވެރިންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދިފައިވޭތޯ 11 ފެބުރުއަރީ 2020 ގައި ބަލާފައިވާކަމަށް މެމްބަރު ވިދާޅުވި އެވެ. އެއީ އެ ގާނޫނު ވުޖޫދަށް އައިސްފައިވާތާ އަށް ވަނަވީ މަސްކަމަށް ނިހާދު ފާހަގަކުރެއްވި އެވެ.
” އެއްވެސް ކަމެއް ކުރެވިފައި ނުވާކަމަށް މިނިސްޓްރީން ސާފުކޮށް އަޅުގަނޑުމެން ކޮމިޓީގައި ވިދާޅުވި. މެނޭޖްމެންޓް ޕްލޭނެއްގެ ވާހަކަ ވިދާޅުވި. މެނޭޖްމެންޓް ޕްލޭންވެސް ހަދަން ދެ އަހަރު ބޭނުންވާނެ ވާހަކަ ވިދާޅުވި. އިއްޒަތްތެރި ރައީސް އެހެންކަމަށް ވާނަމަ މި ގާނޫނުގެ ބޭނުމެއް ނެތް. އަދި ކަނޑައެޅިގެން އަޅުގަނޑުމެންގެ ކޮމިޓީގައި މިނިސްޓްރީގެ ފަރާތުން ބުނަމުން ދިޔައީ އެކްސްކްލޫސިވް ރައިޓްސްއެއް ވެސް އެއްވެސް މަސްވެރިންނަކަށް ދީފައެއް ނެތޭ. އެއްބަސްވުމުގައި އެ ވާހަކައެއް ލިޔެފައެއް ނެތޭ. ޖެހިގެން އައިދުވަހު މިނިސްޓަރު ޓީވީގައި ވިދާޅުވީ އެކްސް ކްލޫސިވް ރައިޓްސް ކޮންޓެކްސްތަކެއް އެބަހުއްޓޭ. އޭގެ ސަބަބުންނޭ މަސްވެރިންނަށް ލިބިންޖެހޭ ފުރުސަތުތައް ނުލިބިގެން މިއުޅެނީ. އެ އެއްބަސްވުންތައް އުވާލުމުގެ މަސައްކަތް ކުރަމުން އެބަދެޔޭ،” ނިހާދު ވިދާޅުވި އެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!