IruOnline

އެމެރިކާގެ ކަޅު ނަސްލު މީހާ ކަރަށް ފައިން އަރައި މަރާލި ފުލުސް މީހާގެ މައްޗަށް މަރުގެ ދައުވާ އުފުލައިފި

އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކު މަރުވި މައްސަލައިގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރި ޑެރެކް ޗައުވިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލައިފިއެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ މިނެޕޮލިސް ސަރަހައްދުގެ ރައްޔިތުން ނިކުމެ މުޒާހަރަ ކުރަމުން ގެންދާތާ މިހާރު ތިން ދުވަސް ވެއްޖެއެވެ. އެމީހުން ގޮވާލަމުން ގެންދަނީ ފްލޮއިޑްގެ މަރާއި ގުޅިގެން ފުލުހުންގެ ވަޒީފާ އިން ވަކިކުރި ހަތަރު ފުލުހުންގެ މައްޗަށް ވެސް ދައުވާ އުފުލުމަށެވެ.

ނަމަވެސް އަދި މިހާތަނަށް ދައުވާ އުފުލާފައި ވަނީ ހަމަޖެހި ޗައުވިންގެ މައްޗަށް އެކަންޏެވެ. މިމައްސަލައިގައި ހިމެނޭ އިތުރު މީހަކު އަދި މިހާތަނަށް ހައްޔަރު ވެސް ކޮށްފައެއް ނުވެއެވެ.

ޗައުވިން އަކީ ފްލޮއިޑް މަރުވުމުގެ އިރުކޮޅެއް ކުރިން އޭނާގެ ކަރުގައި ކަކޫ އަޅައިގެން އިން ފުލުސް އޮފިސަރެވެ. ފްލޮއިޑްގެ ކަރުގައި ޗައުވިން ކަކޫ އަޅައިގެން އިނުމުން “ނޭވައެއް ނުލެވޭ” ކަމަށް ފްލޮއިޑް ބުނާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމު ވެފައެވެ.

ދެން ތިބި ފުލުހުންގެ މައްސަލަތައް ވެސް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޗައުވިންގެ މައްޗަށް ދައުވާ އުފުލުމުން މުޒާހަރާގެ ބައިވެރިން ބުނެފައި ވަނީ އިންސާފު ހޯދަން ކުރަމުން އަންނަ މަސައްކަތުގެ އެއް މަރުހަލާ ކާމިޔާބު ވެއްޖެކަމަށާއި ނަމަވެސް މުޒާހަރާތައް ހުއްޓާލާނީ ފްލޮއިޑްގެ މަރާއި ގުޅުން ހުރި އެންމެންގެ މައްޗަށް ދައުވާ އުފުލުމުން ކަމަށެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހުން މެރުން އާއްމު ކަމަކަށްވެފައިވާއިރު، ފްލޮއިޑްގެ ކަރަށް ފައިން އަރައި މަރާލާފައިވަނީ ދޮން ނަސްލުގެ މީހެކެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!