IruOnline

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

މުޅި ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ ލަޤަބު ލިބިފައިވާ ބޮބް ވެއިޓަން މަރުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ހެމްޕްޝާރ އަށް އުފަން ބޮބް މަރުވިއިރު އުމުރަކީ 112 އަހަރެވެ.

ބޮބް އަށް ގިނިސް ވޯލްޑް ރިކޯޑު ފޮތުން އެންމެ ދުވަސްވީ މީހާގެ މަޤާމު ލިބިފައިވަނީ މީގެ ތިން މަސް ކުރިންނެވެ. އެއީ އޭރު އެންމެ ދުވަސްވީ މީހާގެ ގޮތުގައި ހުރި ޖަޕާނުގެ ޗިޓެޓްސޫ ވޮޓަނަބީ މަރުވުމުންނެވެ. ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބޮބް މަރުވެފައިވަނީ މޭގެ ކެންސަރާ ހަނގުރާމަކުރުމަށް ފަހުގައެވެ. ނަމަވެސް ބޮބް އަކީ ދުންފަތުގެ އިސްތިއުމާލު ކުރަމުން އައި މީހެއް ނޫންކަމަށް އާއިލާއިން ކަށަވަރުކޮށްދެއެވެ.

ބޮބްގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި އޭނާގެ ކާފަދަރިއެއް ސިފަކޮށްދިން ގޮތުގައި ބޮބް އަކީ ދުނިޔޭގައި ހުރި އިރު ވަރަށް ރަނގަޅު، ވިސްނުންތޫނު، މީހުންނަށް ހެޔޮ މީހެއް ކަމަށެވެ. އަދި ބޮޑާކަމުގެ އެއްވެސް ސިފައެއް ބޮބްގެ ކިބައިގައި ނެތް ކަން ފާހަގަކުރިއެވެ. ބޮބް މަރުވެފައިވަނީ އޭނާ ދިރިއުޅޭ ފްލެޓުގައި، ނިދާފައި އޮއްވާ ކަމަށް ވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ބޮބް ވެއިޓަން މަރުވުމުން، މިހާރު ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހަކީ ރޯމޭނިއާގެ މީހެކެވެ. އެމީހާގެ އުމުރަކީ 111 އަހަރެވެ. ބޮބް މަރުވިއިރު އޭނާގެ 25 މުނިކާފަ ދަރިން އެބަތިއްބެވެ

ތާނަ ލެޓިން އިން ލިޔުއްވާ!