ސަރުކާރުގެ ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ސަމާލުވާން އެދިއްޖެ

ސަރުކާރުގެ މައުލޫމާތާއި ހަބަރު ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ކޯޕަރޭޓް ޕޭޖުތަކުން އެކައުންޓުތައް ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއއައިޓީ)ން އާންމުކޮށްފި އެވެ.

ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ސޮއިކުރައްވައި، އާއްމު ކުރެއްވި، ކަމާ ގުޅޭ ސާކިއުލާ ވަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކަކަށް ވެސް މިހާރު ފޮނުވައިފަ އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އެ އިދާރާ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ސަރުކާރުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދޭ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ކޯޕަރޭޓް ޕޭޖުތައް ބޭނުންކޮށްގެން ރައްޔިތުންގެ ހިތުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެހެންވެ، މުއައްސަސާތަކުގެ ފުރިހަމަ ކޮންޓްރޯލްގައި ރައްކާތެރިކަމާ އެކު، އެކައުންޓްތައް ބެލެހެއްޓުމަށް ސަމާލުކަންދޭންވީ ކަންކަން އެ ސާކިއުލާގައި ބަޔާންކޮށްފައި ވެ އެވެ.

އެގޮތުން ކޯޕަރޭޓް އެކައުންޓް ނުވަތަ ޕޭޖު އުފެއްދުމަށް މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކަައުންޓުތަކާއި އީމެއިލް އެޑްރެސް ބޭނުންކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަކޮށް ހެދިފައިވާ އިދާރާގެ ރަސްމީ “gov.mv” އީމެއިލް އެޑްރެހާއި އޮފީހުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މޯބައިލް ނަންބަރެއް ބޭނުން ކުރުމަށް އެދިފައިވެއެވެ.

އޭގެ އިތުރުން ސޯޝަލް މީޑިއާގެ އިދާރީ އެކައުންޓްތަކަކީ އެ އިދާރާއެއްގެ އައިޓީ ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުގައި ހުންނަ އެކައުންޓްތަކަށް ހަދައި، ޕާސްވޯޑް ރީސެޓް ކުރުމުގައި ބޭނުންކުރާ އީމެއިލް އެޑްރެހާއި ނަމްބަރަކީ އޮފީހުގެ ނަމުގައި ހަދާފައި/ރަޖިސްޓްރީކޮށްފައިވާ އެއްޗިއްސަށް ހެދުމަށާއި، ސޯޝަލް މީޑިއާ ބެލެެހެއްޓުމުގައި ރަސްމީކޮށް ހަވާލުކޮށްފައިވާ މުވައްޒަފުންގެ ރަޖިސްޓަރީ، ހިއުމަން ރިސޯސަސް އިން ބަލަހައްޓައި، އެ މުވައްޒަފުން ވަކިވެއްޖެ ނަމަ، އެ ބޭނުން ކުރުމަށް ދީފައިވާ ހުއްދަ ބާތިލް ކޮށް އެ މީހެއްގެ ފޯނުން އެކައުންޓްތައް ނެގުމަށް ވެސް އިރުޝާދު ދީފައިވެއެވmalee

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!