IruOnline

ވިޕްލައިނާ ހިލާފަށް ވޯޓް ދިން މެންބަރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ: އާޒިމް

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ އެ ޕާޓީގެ ހަތަރު މެމްބަރަކު ހިލާފުވި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރީކޯ މޫސާ މަނިކު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ ވިޕްލައިނާއި ހިލާފު މެންބަރުންގެ މައްސަލަ ބަލާނެ ކަމަށާއި ޤަވައިދުގައި އޮތް ގޮތައް ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. އަދި “މިއީ އެމްޑީޕީ” ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންޒަރު ވަރައްސާފު ކަމަށާއި އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަބަންޖެހޭ އެއްޗެއްނޫން ކަމަށެވެ. 19 ވަނަ މަޖްލީހުގެ ކިތަށް މެމްބަރުން ވިޕްލައިނާ ދެކޮޅުހަދައިފިތޯ ވެސް މޫސަ ސުވާލު ކުރެއްވިއެވެ. ނަމަވެސް މޫސައަށް އައިފަދަ ޙުކުމެއް ނާންނަ ކަމަށާއި އެއިން މައްސަލައެއް ނުވެސް ބަލާކަމަށް މޫސަ ވިދާޅުވިއެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދު ޓެގް ކުރައްވާ މޫސަ އިތުރަށް ވިދާޅުވީ ލީޑަރުންނަށް ބިރަކަށްވީމަ ޕާޓީން ބޭރުކޮށްލުންއެއީ ތިބޭފުޅުންގެ އިންސާފު ކަމަށެވެ.

ރޭ ނެގި ވޯޓުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!