IruOnline

ބޭރަށް ނުކުތުމަށް ދެން ހުއްދައަށް އެދޭއިރު ކަރަންޓު މީޓަރ ނަންބަރު ޖަހަން ޖެހޭނެ: ފުލުހުން

ކޮންމެ ގެއަކުން ތިން މީހުންނަށް ނުކުތުމުގެ ހުއްދަ ދިނަސް އެކުއެކީގައި ނުނިކުމެވޭނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫސް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫސް ވިދާޅުވީ ހުކުރު ދުވަހުގެ 00:00ން ފެށިގެން ރަޖިސްޓްރީ ކުރަން ޕޯޓަލް ހުޅުވާލާނެ ކަމަށެވެ. އަދި ކޮންމެ ގެއަކުން ތިން މީހުންނަށް ނުކުތުމުގެ ހުއްދަ ދިނަސް އެކުއެކީގައި ނުނިކުމެވޭނެ ކަމަށް ފައިރޫސް ވިދާޅުވިއެވެ.

ފައިރޫސް ވިދާޅުވީ މިހާރު ޕާމިޓަށް އެދޭ އިރު ދިރިއުޅުއްވާ އެޑްރެސްގެ އިތުރުން ކަރަންޓު މީޓަރ ނަންބަރު ޖަހަން ޖެހޭނެކަމަށެވެ. އޭގެ ބޭނުމަކީ އެއްފަހަރާ އެއްގެއަކުން ތިން މީހުން ނިކުތުމުގައި އިތުރަށް ބަލަން ޖެހޭ ކަން ކަން ބެލުމަށް ކަމަށެވެ.

ބޭރަށް ނިކުތުމުގެ ހުއްދަ ދެވޭ ގަޑިތަކާއި ގުޅޭގޮތުން ފައިރޫޝް ވިދާޅުވީ، ހުއްދަ އަށް އެދޭއިރު ބޭނުންވާ ގަޑިތައް ނުލިބިދާނެ ކަމަށެވެ. ފައިރޫޝް ވިދާޅުވީ، ގަޑި ހަމަޖެހިގެންދަނީ ރެންޑަމް ކޮށް ކަމަށާއި، ބޭނުންވެލައްވާ ގަޑި އަށް ފަހަރުގައި ހުއްދަ ނުލިބިދާނެ ކަމަށެވެ. ނަމަވެސް އެއް ވަގުތެއް ތަކުރާރު ނުވާ ގޮތަށް، ގޭބިސީތަކަށް ހުއްދަ ދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

  1. ބިލް ތައްޔާރު ކުރަން ކަރަންޓާއި ފެންމީޓަރުގެ ރީޑިންގ ފޮޓޮއެއް ފޮނުވާށޭ ބުނެބުނެ، ރައްޔިތުންފޮޓޯ ނުފޮނުވައިގެން އެންމެފަހުން ބޮލުގެ އެއްޗެއް ހަދާފަދޯ މިއޮތީ…..

    1
    1
  2. ކޮޓަރިގަނޑެއް ކުއްޔަށް ހިފައިގެން ހާލުގަ އުޅޭ ނިކަމެތިންނަށް އަނެއްކާ އަނެއް ތުރާ. މީޓަރު ނަންބަރު ހޯދަން ތެޅެން ދެން މިވީ. ހިޔާ މަޝްރޫއަށް ފޯމު ލާން ވެގެން މިގޭގަ ކުއްޔަށް އުޅޭކަމުގެ ލިއުމެއް ހޯދަން އެތައް ދުވަހަކު ގޮސް އާދޭސް ކުރީމަވެސް، ތިއުޅެނީ ޓެކްސް ނަގާށޭ ތިއުޅެނީ އަނެއް ކަމެއް ކުރާށޭ ކިޔައި ހާސަރު ދަމާ ހެދި ހަނދާން ވަނީ. އަނެއްކާ ވީ ދާން. ފުރަބަންދު ނިމޭއިރުވެސް ތި ނަންބަރެއް ލިބިއްޖެއްޔާ ރަނގަޅު. މިއޮތީވާ ކަމެއް.

    2
    2
  3. މަ ބޭނުންވަނީ މަގޭ ފިރިމީހާ އާ އެއްކޮށް ފިހާރައަށް ދާން ، މިހާރު ޕާރމިޓް އޮތީ އޭނައަށް އެކަނި، ގަންނަން ވީއެއްޗެހީގެ ލިސްޓު ދިނަސް އޭގަ އޮންނަ އެއްޗަކަށް ވުރެ ފަސޭހައިން އަތުޖެހޭ އެއްޗެއް އެގަންނަނީ، މަށަށް ޕާރމިޓު ލިބުނަސް ހުޅުމާލޭގަ މިގެ އިންނަ ސަރަހައްދުގެ ގޮތުން ކައިރި އެއްވެސް ހިސާބެއްގަ ފިހާރައެއް ނުހުރޭ އެންމެ ކައިރީގަވެސް އިނީ މާރުކޭޓު އެތަނގާއި ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް ނުހުރޭ، އަނެއް ކޮޅުން ދުއްވާ އެއްޗެއް ދުއްވަންވެސް އެނގޭ މީހެއް ނޫން މަށަކީ، ވަރަށް ކިޔަމަންތެރިކަމާ އެކީ ގޭގެމަޑުކޮށްގެން މިހުރީ… އެކަމު ދެމީހުންނަށް އެންމެ ފަހަރަކު އެކުގަ ގޮސް ގްރޮސަރީ ސޮޕިންގ ހެދޭނެ ގޮތެއް ހަމަޖައްސައި ދެއްވާ .. ޕްލީޒް

    15
    3

ތާނަ ލެޓިން އިން ލިޔުއްވާ!