ދިރާގުގެ އަހަރީ އާއްމު ޖަލްސާ އޮންލައިންކޮށް

ދިރާގުގެ އަހަރީ އާއްމު ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 11ވަނަ ދުވަހު ހެނދުނު 11:15ގައި ބެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޖަލްސާ ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުން ތަރައްޤީކޮށްފައިވާ އޮންލައިކޮށް ބައްދަލްވުންތައް ބޭއްވޭ ފަހިވޯޓު ސިސްޓަމް މެދުވެރިކޮށްކަމަށް ދިރާގުން ބުނެއެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްތަކާއި މާލީ ހިސާބުތައް ފާސްކުރުމާއި،، ދިރާގުގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ނިންމި ހިއްސާގެ ފައިދާގެ އަދަދު ފާސްކުރުންވެސް އޮންނާނެއެވެ.

ދިރާގުން ހިއްސާއަކަށް 12 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ވަނީ ނިންމައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!