ފޮޓޯ: ގޫގުލް

ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ބައެއް ލުއިތައް ހާމަކުރައްވައިފި

މާލެއިން ކޮވިޑް19 ފެނިފައިވުމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ އަށް ދޭ ބައެއް ލުއިތައް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރައްވައިފިއެވެ.

“ޕީއެސްއެމް ނިއުސް” އަށް ދެއްވި އިންޓަވިއުއެއްގައި ލޮކްޑައުން އަށް ދޭ ބައެއް ލުއިތައް ހާމަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ މިހާރު ގޭބިސީތަކުގައި ތިބި މީހުންގެ ތެރެއިން ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ދެވެމުން އަންނަނީ އެންމެ މީހަކަށް ކަމަށެވެ. ނަމަވެސް ލޮކްޑައުންގައި ދޭ ލުއިތަކުގެ ތެރޭގައި އެ ހުއްދަ ދެވޭ މިންވަރު އެކަކަށް ވުރެ އިތުރުވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން މާލެ ތެރެއަށް ނިކުމެ އުޅުމުގެ ފުރުސަތުވެސް ކޮންމެވެސް ވަރަކަށް ދޭނެ ކަމަށް ފާހަގަ ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ އަމިއްލަ ބައެއް ފަރާތްތަކުގެ އޮފީސްތަކާއި އެކި ބޭފުޅުންނަށް އޮފީސްތަކަށް ގޮސް މަސައްކަތް ކުރުމަށް ލުއިތަކެއް ދެމުން ގެންދަވާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ ލޮކްޑައުންގައި ދެމުން ގެންދާ ލުއިތައް ދެމުން ގެންދާނީ މަޑުމަޑުން (ގްރެޖުއަލީ) ކޮށް ކަމަށެވެ. މި ނޫން ގޮތަކަށް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ނުދޭ ނަމަ އިތުރު ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!