IruOnline

މި މަހު 31ން ފެށިގެން ސައުދީގެ އެތެރޭގެ އުދުހުންތައް ފަށަނީ

މެއި މަހުގެ 31 ން ފެށިގެން ސައުދީ އަރަބިއްޔާގެ އެތެރޭގެ އުދުހުންތައް ފެށުމަށް ނިންމައިފިއެވެ.

އެގައުމުގެ ގެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ޖީއޭސީއޭ) އާއި ހަވާލާދީ ‘ސައުދީ ގެޒެޓުގައި’ ރިޕޯޓު ކޮށްފައިވާގޮތުން އެތެރޭގެ އުދުހުންތައް ފެށުމަށް ނިންމާފައިވަނީ ލޮކްޑައުންއާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުގެ ގޮތުންނެވެ.

ޖީސީއޭއިން ބުނީ އެތެރޭގެ އުދުހުންތައް ފަށަން ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ފިޔަވަހިތަކަށް ބަހާލައިގެން އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވެފައިވާއިރު، އެއަރޕޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއާއި އަދި ކަމާގުޅުންހުރި އޭޖެންސީތަކާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމަށް ޖީސީއޭއިން ބުނެއެވެ.

ފުރަތަމަ ފިޔަވަހީގައި 11 އެއަރޕޯޓު ހުޅުވާލާއިރު، އުދުހުމުގެ ހުއްދަ ދެވެނީ ގައުމީ އެއަރލައިންގެ ފްލައިޓުތަކަށެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!