ޚިޔާނާތާއި މަރުތަކުގެ މައްސަލަ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގާދިޔަ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގު ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވައިފި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިތުރު އީދުގެ ތަހުނިޔާ ދަންނަވާލުމަށް އެމަނިކުފާނު މިނިސްޓަރު އިމްރާނަށް ގުޅުއްވި ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮޕަރްޝަނާއި ވައްކަމާއި މަރުތަކުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިމްރާން ދެއްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މިނިސްޓަރު އިމްރާން ދެއްވާފައިވާ ޔަގީންކަމަށް ޝުކުރުދަންނަވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކު، ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!