ޝިފާ ޓިކްޓޮކެއް ހަދާލަން ބޭނުން ވަނީ ޖާބިރު އާއި އެކު!

ދިވެހިންގެ މެދުގައި އެންމެ މަގުބޫލް “ޓިކްޓޮކް” ތަރި ކަމަށްވާ މަރިޔަމް ޝިފާ އޭނާގެ ބައެއް ވާހަކަތައް “ބައިސްކޯފް” އިން ގެނެސްދޭ “ލޮކްޑް އަޕް ވިތު” ޕްރޮގްރާމްގައި ހިއްސާ ކޮށްފިއެވެ. އޭނާ ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ ޝިފާ އެންމެ “ޓިކްޓޮކެއް” ހަދާލަން ބޭނުން ވަނީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި އެކު ކަމަށް ބުނި ވާހަކައެވެ.

“ރާއްޖޭގެ ޝަޚުސިއްޔަތަކާއެކީ ޓިކްޓޮކްއެއް ހަދަން ޗާންސެއް ލިބިއްޖިއްޔާ ހަދަން ބޭނުމީ ޖާބިރު އަކީ، އެފްބީ އެއްޗެހިން ފެންނަ ވީޑިއޯތަކަށް ވެސް ބަލައިފިއްޔާ އިނގޭނެ ވަރަށް މަޖާ މީހެއް. އެހެންވެ ޖާބިރު އާއެކީގަ ހަދަން ބޭނުމީ” ހިނިތުންވުމަކާއެކު ޝިފާ ބުންޏެވެ.

ޝިފާ އަކީ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ފަންނާނެކެވެ. އޭނާ ވަނީ ފިލްމު “ދެވަންސޫރަ”، “ނިވައިރޯޅި” އަދި “ފޯޓީ ޕްލަސް” ފަދަ ފިލްމުތަކުން ފެނިފައެވެ.

ޝިފާ ވަނީ އޭނާ “ޓިކްޓޮކް” ބޭނުން ކުރަން ފެށުނު ގޮތް ވެސް ހިއްސާ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!