ހުއްދަ ނުހޯދާ އޮމަދުއަށް ދިޔަ އަންހެނަކު ހައްޔަރު ކޮށްފި

ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދަނެތި މާލެ އިން އދ. އޮމަދޫއަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮއްވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނުނަގާ އެ މީހާ މާލެ އިން އޮމަދޫއަށް ގޮސްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. 

އެ މީހާ ހަމަ އެ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވާކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި އަންހެނެކެވެ. އެކަމަކު އެމީހާ އޮމަދޫއަށް ގޮސްފައި ވަނީ ކޮން ބަޔަކާއެކު ކިހިނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިއީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް ހުއްދަ ނެތި ދަތުރުކޮށްގެން އަންހެނަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!