ވަންދޫގައި އެޅި ބައެއް ފިޔަވަޅުތަކަށް ދޫދީފި

ކޮވިޑް-19 އާއި ގުޅިގެން ތ. ވަންދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ދޫދީފި އެވެ.

ވަންދޫ ކައުންސިލުން ބުނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، އަދިވެސް ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑް 19 އާއި ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަންދޫގެ އެކި ސަރަހައްދުތަކުގައި އާންމުން އެއްވެ އުޅުމުގައި ގައިދުރުކަން ހުންނާނޭ ގޮތުގެމަތީން މާސްކުއަޅައިގެން އެއްވެ އުޅުމުގެ ހުއްދަ ދިނުމާއި، ރަށުގެ އެ ކިސަރަހައްދުތަކުގައިވާ ޖޯލިތައް ބެހެއްޓުމަށާއި ފިނި މައިޒާންތައް ހުޅުވާލުމުގެ އިތުރުން ރަށުގެ ކެފޭތަކުގައި ގައިދުރުކަން ހުނާނޭގޮތުގެ މަތީން ހިދުމަތް ދިނުމުގެ ހުއްދަދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރަށުގެ ފިހާރަތަކުގައި ގައިދުރުކަން ހުންނާނޭގޮތައް ޚިދުމަތް ދިނުމާއި، ރަށުގެ ފިހާރަތައް ނަމާދު ވަގުތުތައް ފިޔަވައި ހެނދުނު 9:00ން ރޭގަނޑު 11:00ށް ހުޅުވާފައި ބެހެއްޓުން އަދި ރަށުގައި އެސްޓީއޯގެ މިންގަނޑާއި އެއްގޮތައް ކާޑު ވިއްކަމުން ދާކަން ޔަގީން ކުރުން އަދި ފިހާރަތަކުގައި ކާޑު ހުރި މިންވަރު ދުވަހުން ދުވަހައް އަޕްޑޭޓް ކުރުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުމަށް ގެނެވޭ ތަކެތި ފިޔަވައި ރަށައް މުދާ ގެނައުމާއި ރަށުން މުދާ ފޮނުވާ ދުވަސްތަކުގެ ގޮތުގައި ހަފުތާގެ ހޮނިހިރު އަދި އަންގާރަދުވަސް ކަނޑައެޅުމާއި، މިގޮތުން އަތޮޅު ފެރީ އާއި މާލެ ދަތުރު ކުރާ ބޯޓްތައް އިސްތިސްނާވާނެ ކަމަށް ބުނެފައި ވެއެވެ. އަދި އުޅަނދުފަހަރު ލަފާފުރާ ސަރަހައްދެއްގެ ގޮތުގައި ރަށުގެ ބަނދަރުގެ ދެކުނުކޮޅު ކަނޑައަޅާ، މާލެއިން ތަކެތި ގެނައުމާއި ގެންދިއުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ މިންގަނޑާއި އެއްގޮތައް އަމަލުކުރުމަށް ވަނީ އަންގާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!