ގުޅުން ކަނޑާލުމުން ލޯބިވެރިޔާ ރޮއްވަން 1000 ކިލޯ ފިޔާ ފޮނުވައިފި

ލޯބީގައި އެކި މީހުންނަށް ތަޖުރިބާ ކުރެވޭނީ އެކި ކަންކަމެވެ. ކުއްލިއަކަށް ލޯބިވެރިޔާ ގުޅުން ކަނޑާލުމުން ހިތގައި ޖެހި ނުކައި ނުބޮއެ ހިތާމަ ކުރާ މީހުންވެސް މަދެއް ނޫނެވެ. އެގޮތުން މީ ޗައިނާގެ އަންހެނަކު ކުރި ވަރަށް ތަފާތު ކަމެކެވެ. މީ ލޯބިވެރިޔާ ގެ ކުއްލި ވަކިވުން ބަރުދާސްތު ނުކުރެވިގެން އުޅޭ އަންހެން ކުއްޖެކެވެ.

ލޯބިވރިޔާގެ ކުއްލި ވަކިވުމަށްފަހު އަންހެން ކުއްޖާ 3 ދުވަސް ވަންދެ ހިތާމަ ކުރިއެވެ. އެކަމުގައި ކަރުނަ އޮހޮރިއެވެ. ގުޅާ އަދި މެސެޖްކޮށް އާދޭސްވެސް ކުރިއެވެ. ނަމަވެސް މީގެން އެއްވެސް ކަމަކުން ފިރިހެން މީހާ އަށް މާބޮޑު އަސަރެއްވެސް ނުކުރިއެވެ. އެހެން ކަމުން އަންހެން ކުއްޖާ ވަނީ ފިރިހެން ކުއްޖާގެ ގެޔަށް 1000 ކިލޯގެ ފިޔާ ފޮނުވައިފައިއެވެ.

ފިޔާ ފޮނުވި ސަބަބެއް ކަމުގައި އަންހެން ކުއްޖާ ބުނީ އެކަމުގެ ހިތާމާގައި އަންހެން ކުއްޖާ ރުއި ވަރަށް ފިރިހެން ކުއްޖާވެސް ރޮއްވަން ބޭނުން ކަމަށެވެ. އަހަރެން ވަންދެން ކުރިއަށް ދިޔަ އެގުޅުން ނިންމާލި އަންހެން ކުއްޖާ ކުރާ އެފަދަ ކަންކަމުގެ ސަބަބުން ކަމަށް ފިރިހެން ކުއްޖާ ބުނެއެވެ.

ލޯބީގައި މިކަހަލަ ކަންކަން ކުރިމަތިވެ ޖަޒުބާތުގައި ޖެހިގެން ތަފާތު ކަންތަށް ކުރާ މީހުން މަދެއްނޫނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!