ތަފާތު ވައްތަރެއްގެ ކޭކް އެއް ތައްޔާރު ކޮށްލަން ބޭނުން ނަމަ މިލްކް ކޭކް އަކީ އެންމެ ރަގަޅު ހޮވުމެވެ. ކޭކް އަކީ ގިނަ މީހުންނަށް ކަމުދާ ބާވަތެކެވެ. އެގޮތުން މި ކޭކް އަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ކޭކެވެ. އަޖުމަ ބަލާލުމަށް މީގެ ކޭކް އެއް ތައްޔާރު ކޮލުން ކިހިނެއްވާނެ ހެއްޔެވެ..
ބޭނުންވާ ތަކެތި:
- 2 ބިހުގެ ގޮބޮޅި
- 4 ބިހުގެ ހުދުބައި
- 120 ގްރާމްގެ ހަކުރު
- 119 ގްރާމްގެ ކިރު
- 100 ގްރާމްގެ ފުއް
- 2 މޭޒުމަތީ ސަމްސަލުގެ ކޯންސްޓާޗް
- 1 މޭޒުމަތީ ސަމްސަލުގެ ބޭކިން ޕައުޑާ
- 45 ގްރާމްގެ ބަޓާ
- 1 މޭޒުމަތީ ސަމްސަލުގެ ވެނީލާ އެސެންސް
- ލޮނު ކޮޅެއް
ކްރީމް ލޭޔާ އަށް ބޭނުންވާ ތަކެތި:
350 ގްރާމްގެ ވިޕިން ކްރީމް
150 ގްރާމްގެ ގެރިކިރު
1 މޭޒުމަތީ ސަމްސަލުގެ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
ތަށްޓަކަށް ބިހުގެ ހުދުބައި އަޅާ މިކްސާއިން ގަށަމުން ގެންދާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ) ފޯމް ނުވަތަ ކްރީމް ގަޑަކަށްވަދެން ގިރުމަށްފަހު އޭގެ ތެރެއަށް ހަކުރު އަޅަމުން ގެންދާނީއެވެ. ހަކުރު އަޅާނީ އެތި އެތި ކޮޅުންނެވެ. ހަތަރު ބުރަކުން އެޅުމުން ރަގަޅު ވާނެއެވެ. ކޮންމެ ފަހަރަކު ވެސް ހަކުރު އެޅުމަށް ފަހު ރަގަޅަށް މިކްސް ކޮއްލުމަށް ފަހު އަނެއްކާވެސް ހަކުރު އަޅާނީއެވެ. ހަކުރު ކޮޅު ބިހާއެއްވެ ރަނގަޅަށް ވިޕް ވަންދެން މިކްސް ކޮށްލާށެވެ.
އިތުރު ބޯތަށްޓަކަށް ބިހުގެ ރީންދޫ ބަޔާއި ކިރު އަޅާ ރަނގަޅަށް ގަށާލާށެވެ. ރަނގަޅަށް އެއްވުމުން ފުށާއި ބޭކިން ޕައުޑާ އަޅާ، ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮލާށެވެ. އޭގެ ތެރެއަށް ކޯންސްޓާޗް ފުއް އަޅާށެވެ. އެއަށްފަހު ދޭފަތަކުން ނުވަތަ ސަމްސަލަކުން އެއްކޮށްލާށެވެ.
އެއްވުމުން ކުރިން ތައްޔާރުކުރި ބިހުގެ ހުދަބައިން ތަށްޔާރު ކުރި ކްރީމާއި ސަމްސަލަކުން އެއްކޮލާށެވެ. އެއަށްފަހު 2 ޓްރޭއެއްގައި ފިހަން ލާށެވެ. އެއް ޓްރޭގައި ފިހުމަށްފަހު މެދުން ކޭކް ފޮތިކޮށްލާށެވެ.
ކްރީމް ލޭޔާ ތައްޔާރުކުރުމަށް ބޯތަށްޓަކަށް ވިޕިންގ ކްރީމް އަޅާ ށެވެ. ވިޕިންގ ކުރީމް ތައްޔާރު ވުމުން ހުންނާނީ ކްރީމް ގަޑެއް ހެންންވެ. އެއަށްފަހު އެސެންސާއި ގެރިކިރު އަޅާ އެއްކޮށްލާށެވެ. ބޯ މިނުގައި 1 އިންޗި ހުންނަ ވަރަށް އެއް ކޭކް ގައި ކްރީމް ގަޑު އުގުޅާލާށެވެ. އެއަށްފަހު ކްރީމްގަނޑު މަތީ މަތީ ދެވަނަ ކޭކް ބާއްވާ ނީއެވެ. ބޭއްވި ކޭކް މަތީ އިތުރު ލޭޔާ އެއް 1 އިންޗި ވާ ވަރަށް އުގުޅާލާށެވެ.