އެއް ހާހަށް އަށް ވުރެ ގިނަ މީހުން ރާއްޖެ އަންނަން ބޭނުންވެގެން އެދިފައިވާ ކަމަށް މަބްރޫކު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ލަންކާއިން މީހުން ގެންނަން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ އެކަމަށް އެދިފައިކަމަށެވެ.
އެގޮތުން އެއް ހާހަށް ވުރެ ގިނަ މީހުން ރާއްޖެ އަންނަން ބޭނުންވެގެން އެދިފައިވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
މަބްރޫކު ވިދާޅުވީ ބޭރުގައުމުގައި ތިބި ދިވެހިންގެ ހާލު ބަލާމުން އަންނަ ކަމަށާއި އެމީހުން އުޅޭ ސަރަހައްދުގެ ހާލަތު ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ރަޖިސްޓްރީވެފައި ތިބި މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ވެސް ބަލަމުން އަންނަ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.