ކޮރޯނާ ޖެހި ގާޑިއޯލާގެ މަންމަ މަރުވެއްޖެ

ޕެޕް ގާޑިއޯލާގެ މަންމައަށް ކޮވިޑަށް ޕޮސިޓިވް ފަރުވާ ދެވެމުން ދަނިކޮށް މަރުވެއްޖެއެވެ. މެންޗެސްޓަރ ސިޓީގެ ކޯޗު ގާޑިއޯލާގެ މަންމަ، މަރުވީ ކޮރޯނާއަށް ފަރުވާ ދެވެމުން ދަނިކޮށެވެ.

މަރުވި އިރު އުމުރަކީ އަށްޑިހަ ދެ އަހަރެވެ.

ގާޑިއޯލާގެ މަންމަ، ޑޮލޯސް ސަލާ ކަރިއޯ މަރުވީ ބާސެލޯނާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވެމުންދަނިކޮށެވެ. އެކަން އާއްމުކޮށް މެންޗެސްޓަރ ސިޓީންވަނީ ޓްވިޓަރ މެދުވެރިކޮށް ގާޑިއޯލާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

ގާޑިއޯލާއާއި އެކު އޭނާގެ މަންމަގެ ތިބެނީ ހަތަރު ބޭންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!