ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ލެޕްޓޮޕަކާއި ތަށިމުށިތަކަކާއި ދެ ބުރުމާގެ ވެރިން ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ލެޕްޓޮޕަކާއި ތަށިމުށިތަކަކާއި ދެ ބުރުމާގެ ވެރިން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ތަކެތީގެ ތެރެއިން، ޑެލް ބްރޭންޑްގެ ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާރޗްމަހުގެ 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކުރި އިންސިޑެންޓް ނަންބަރު 453105 އާ ގުޅިގެންނެވެ.

ތަށިމުށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާރޗްމަހުގެ 15 ވަނަ ދުވަހުގެ ވަގުތެއް ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452008، މ. ޒިލިއަން ކައިރިން ހުއްޓުވި މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަށިމުށިތައް ފެނުނު މައްސަލައާ ގުޅިގެންނެވެ.

ދެ ބުރުމާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާރޗް މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452829، ވަގަށް ނަގައިގެން ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މަކިޓާ އަދި އެމް.ޕީ.ޓީ ބްރޭންޑްގެ ދެ ބުރުމާ ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

ވީމާ މި ތަކެތީގެ ވެރިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް އެފަރާތުން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!