ކޮވިޑް-19: ޗައިނާއިން އިއްޔެ އެއްވެސް މަރެއް ރިޕޯޓްއެއް ނުކުރޭ!

ކޮވިޑް-19 އައުޓްބްރޭކަށް ފަހު، އެ ބަލީގައި އެއްވެސް މީހަކު ހޯމަ ދުވަހު މަރުވެފައި ނުވާކަމަށް ޗައިނާއިން ރިޕޯޓްކޮށްފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މިއީ މިއަހަރުގެ ޖެނުއަރީގެ މަހުން ފެށިގެން ކޮންމެ ދުވަހަކު އާންމުކުރަމުންދާ ތަފާސްހިސާބުތަކުން މީހަކު މަރުވެފައިނުވާކަމަށް ޗައިނާއިން ރިޕޯޓުކުރި ފުރަތަމަ ދުވަހެވެ.

ދަ ގާރޑިއަން އިން ރިޕޯޓުކޮށްފައިވާގޮތުން، އެގައުމުން ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމަށް އަޅާފައިވާ ޓްރެވެލް ރެސްޓްރިކްޝަން އުވާލުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ އަދިވެސް އާންމު ހާލަތަކަށް ރުޖޫއަވެފައެއް ނުވެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެ ގައުމުން 81،740 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހިގެން 3،331 މީހަކު ވަނީ މަރުވެފައެވެ. އަދި 77،167 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ޗައިނާގެ ސަރުކާރުން ބުނެފައިވަނީ، މިހާރު އެ ގައުމުން ފެންނަ ކޭސްތަކަކީ އިމްޕޯޓަޑް ކޭސްތަކެއްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!