މިދިޔަ މަހު މާފުށި ޖަލުން 29 ފޯނު އަތުލައިގަތް: ކަރެކްޝަންސް

މިދިޔަ މަހު މާފުށި ޖަލުން 29 ފޯނު އަތުލައިގަތް ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން މިއަދު ވަނީ މާފުށި ޖަލާއި މާލެ ޖަލުން އަދި އައްސޭރި ޖަލުން އަތުލައިގަތް އެއްޗެހީގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. 

ތިން ޖަލުން ވެސް އަތުލައިގަތް ތަކެތީގެ ތެރޭގައި ގިނައިން ހިމެނެނީ ފޯނާއި، ސިމް ކާޑު އަދި ފޯނު ޗާޖަރު ފަދަ ތަކެއްޗެވެ.

މާފުށީ ޖަލުން 29 ފޯނުގެ އިތުރުން، 6 ސިމް ކާޑު، 21 ފޯނު ޗާޖަރު، 11 ފޯނު ހެޑްސެޓު، 22 ފޯނު ބެޓެރި، 5 އެސްޑީ ކާޑު، 6 ޔޫއެސްބީ ކޭބަލް އަތުލާފަ އެވެ. އޭގެ އިތުރުން ވެސް ޖަލުގައި ގެންގުޅުން މަނާ 17 ތަކެތި އަތުލައިގަނެފައިވެ އެވެ.

މާލޭ ޖަލުން ވަނީ 8 ފޯނާއި، 2 ސިމް ކާޑު، 4 ފޯނު ޗާޖަރު އަދި އިތުރު 7 އެއްޗެއް އަތުލާފަ އެވެ. އައްސޭރި ޖަލުން 3 ފޯނާއި 3 ސިމް ކާޑު އަދި އިތުރު 2 އެއްޗެއް އަތުލާފައިވެ އެވެ.

ކަރެކްޝަންސްގެ ތަރުޖަމާނު އައިމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ އިތުރު އެއްޗެހީގެ ތެރޭގައި ހިމެނެނީ ވަޅި، ނަރުގަނޑު ފަދަ ޖަލުގައި ގެންގުޅުން މަނާ ތަފާތު އެއްޗެހި ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!