މެލޭޝިއާގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ފްލައިޓްގެ ޖާގަ ފުލް ވެއްޖެ އެވެ.
މޯލްޑިވިއަނުން ބުނީ މެލޭޝިއާ ފްލައިޓްގެ ޖާގަ ފުލް ވުމުން ބުކިން ނެގުން ހުއްޓާލާފައިވާކަމަށެވެ. އަދި އިތުރު ފްލައިޓެއް ބާއްވާ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ދިރިއުޅޭ ދިވެހިން އަނބުރާ ރާއްޖެ ގެންނަން ހާއްސަ ފްލައިޓެއް ބާއްވަން ނިންމާފައިވާއިރު އިއްޔެ ހަވީރު 05:00 އިން ފެށިގެން ބުކިން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިއެވެ.
މީގެ އިތުރުން މި ފްލައިޓުން މެލޭޝިއާގައި އުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.