މެލޭޝިއާގައި އުޅޭ ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވޭ ގޮތް ހަދައިފި

މެލޭޝިއާގައި އުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ގިނަ ޢަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މޯލްޑިވިއަން އިން މެލޭޝިއާ އަށް ކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި މެލޭޝިއާގައި ތިބި ދިވެހިންނަށް ފޮނުވަން ބޭނުންވާ ތަކެތި، ފޮނުވައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މެލޭޝިއާއަށް ފޮނުވޭނީ އެގައުމުން ނުލިބޭ ބޭހާއި ޒަރޫރީ ކަންކަމުގައި ފޮނުވާ ތަކެެތި ކަމަށެވެ. އެގޮތުން ޑަކްޓަރީ ބޭސް ފޮނުވާއިރު ބޭސް ސިޓީ އޮންނަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ. ކެއާ ޕެކޭޖްގެ ގޮތުގައި ފޮނުވޭ ތަކެތީގެ ތެރޭގައި މަސްދަޅާއި ރިހާކުރާއި ނޫޑްލީސް ކޭހާއި މަސް އަދި ފަތް ޕެކެޓް ހިމެނެ އެވެ. ކެއާ ޕެކޭޖްގެ ގޮތުގައި ފައިސާ، ކިއްލި، ހެދިކާ، ރޯމަސް އަދި މޭވާ އާއި ދުންފަތުގެ ބާވަތްތައް ނުފޮނުވޭނެކަމަށް މިނިސްޓްރީން ބުންޏެެވެ.

ކެއާ ޕެކޭޖްގެ ގޮތުގައި ފޮނުވާ ތަކެތި މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ކައުންޓަރުތަކުން ހެނދުނު އަށަކުން ހަވީރު 4:30 އާ ހަމައަށް ބަަލައިގަނެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިކަމުގައި ހުށަހަޅަންޖެހޭ ފޯމު، އޮންލައިންކޮށް ހުށަހަޅަން ޖެހޭ ކަމަށެވެ. އެ މިނިސްޓްރީން ބުނީ، ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ފޯނު ހުށަހަޅާ 500 ފަރާތަށް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!