ރިސޯޓަކުން ފޭބި 5 މީހަކު ހައްޔަރުކޮށްފި

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ޚިލާފަށް ރިސޯޓަކުން ފޭބި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ޔޫ އެންޑް މީ ރިސޯޓުން ރ. އަލިފުއްޓަށް ދިޔަ ފަސް މީހުން ކޯޓު އަމުރެއްގެ ދަށުން ރޭ 11:50 އެހައިކަންހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!