އެންޒީގެ މަސް ދަޅުތަކުން 3 ރުފިޔާ ހެޔޮކޮށްފި

އެންޒީން ވިއްކަމުން އަންނަ މަސްދަޅުތަކުން 3 ރުފިޔާ އަގު ހެޔޮކޮށްފިއެވެ.

އެންޒީން ބުނީ މި ބަދަލާއެކު 15 ރުފިޔާއަށް މިހާރު ލިބޭ ތެޔޮ މަސް ދަޅު 12 ރުފިޔާއަށް އަދި ފެން މަސްދަޅު 11:50 ރުފިޔާއަށް ގަންނަން ލިބޭނެކަމަށެވެ. އަދި ތެޔޮ މަސްދަޅު ކޭހެއް 555 ރުފިޔާއަށް އަދި ފެން މަސް ކޭހެއް 530 ރުފިޔާއަށް ލިބޭނެކަމަށް ވެސް އެންޒީން ބުނެއެވެ.

އެންޒީން ބުނީ މަސްދަޅުގެ އަގު ހެޔޮކޮށްފައިވަނީ ކޯވިޑް-19ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކުރުމަށްކަމަށެވެ. އަދި ކުރިއަށްއޮތީ ރަމަޟާންމަހަށް ވުމާއެކު އެންމެ ގިނައިން ގޭގޭގައި ބޭނުންކުރާ އެއް ބާވަތަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމަކީވެސް މިކަމުގެ މަޤްސަދެއްކަމަށް އެންޒީން ބުނެއެވެ.

މާލޭ ރައްޔިތުންނަށް ކަސްޓަމަރުންނަށް ޑެލިވަރީގެ ޚިދުމަތް 7248899 އަށް ގުޅުއްވުމުން ލިބޭނެއެވެ. އަދި ހުޅުމާލޭ ރައޔިތުންނަށް ޑެލިވަރީގެ ޚިދުމަތް 7258899 އަށް ގުޅުއްވުމުން ލިބޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!