ރިސޯޓެއްގައި މަސައްކަތްކުރާ މުދިމަކު ގެއްލިގެން ހޯދަނީ

ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގައި މަސައްކަތްކުރާ މުދިމަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އޭނާ ގެއްލުނު ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ މިރޭ 22:13 އެހައިކަންހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގެ ސީސީޓީވީ ފްޓޭޖުން އެމީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާތަން ފެންނަ ކަމަށެވެ.

ރެއިން ފެށިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އަންނަނީ އެ ސަރަހައްދު ބަލަމުންނެވެ. އަދި މިހާރު އެ ސަރަހައްދުގައި ސްނޯކަލް ކުރަން ފަށާފައިވާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާކަމަށް އާޒިމް ވިދާޅުވި އެވެ.

މުދިމު ގެއްލުނު މައްސަލައިގެ ތަހުގީގުގައި މިހާރު ފުލުހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!