ނީލަން ފިހާރަތައް ހުންނަ ސަރަހައްދު ސާފުކޮށްފި

ނީލަން ފިހާރަތަށް ހުރި ސަރަހައްދުގެ މަގު ސާފުކުރުމަށް އެންގި މުއްދަތު ހަމަވިއިރު، ނުނަގާ ހުރި ތަކެތި ނަގައި އެ ސަރަހައްދުގެ މަގު މާލޭ ސިޓީ ކައުންސިލުން ސާފުކޮށްފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު އެޗްޕީއޭއިންވަނީ މާލޭގެ މަގުތައް ސާފުކުރުމުގެ ގޮތުން ނީލަން ފިހާރަތަކުން ނެރެފައި ހުރި ތަކެތި ނެގުމަށް މިދިޔަ ހޮނިހިރު ދުވަހާއި ހަމައަށް 4 އަންގާފައެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ބައެއް ތަކެތި އެ ސަރަހައްދުން ނަގާފައެއް ނުވެއެވެ. ސިޓީކައުންސިލުން ވަނީ އެ ސަރަޙަށްދުން 15 ޕިކަޕުގެ ކުނި ނަގާފައެވެ.

ނީލަން ފިހާރަތަކަކީ ގޭގެއިން އުކާލާ ތަކެތީގެ ތެރެއިން ބޭނުންކުރެވޭ ތަކެތި ނަގައިގެން ވިއްކާ ވިޔަފާރިތަކެކެވެ. އެގޮތުން ލަކުޑިއާއި، ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނުވެސް ވިއްކައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!