ގެއްލިގެން ހޯދަމުންދިޔަ ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިއްޔެ ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ވައިގޮޅިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއަކުން އިއްޔެ ހެނދުނުން ފެށިގެން އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ނުފެނިގެން ރޭ 10:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެމީހާ އެގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ ރޭ 10:36 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!