މިނިކާވަގަކަށް ކޮވިޑް-19 ޖެހިއްޖެ

މިނިކާވަގެއް ކޮވިޑް-19އަށް ފައްސިވެއްޖެ ކަމަށް ހަބަރުތަކުން ރިޕޯޓުކޮށްފިއެވެ. އެމެރިކާގެ ނިއު ޔޯކު ސިޓީގެ ބްރޮންކްސް ނަމަކަށް ކިޔާ ޒުލެއްގައި ގެންގުޅޭ މިނިކާވަގަކަށް ކޮވިޑް-19 ޖެހުން ކަން ހާމަކޮށްފައިވަނީ ޒޫތަކުގައި ގެންގުޅޭ ޖަނަވާރުތަކަށް އަޅާލާ ‘ވައިލްޑްލައިފް ކޮންޒަވޭޝަން ސޮސައިޓީ’ އިން މިދިޔަ އާދީއްތަ ދުވަހެވެ. އަދި މި ހަބަރު އެމެރިކާގެ ނެޝެނަލް ވެޓެރިނަރީ ސާރވިސަސް ލެބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ނާދިއާގެ ނަން ދީފައިވާ 4 އަހަރުގެ އަންހެން މިނިކާވަގަށް ކޮރޯނާވައިރަސް ޖެހުމުގެ އިތުރުން، ހަމަ އެތަނުގައި ގެންގުޅޭ އިތުރު ޖަނަވާރުތަކެއްގެ ކިބައިންވެސް ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާ ކަމަށް ރިޕޯޓުކުރެއެވެ. އޭގެ ތެރޭގައި އިތުރު 3 މިނިކާވަގާއި، 4 ސިންގާ ހިމެނެއެވެ. ލަފާ ކުރެވޭ ގޮތުގައި، އެ އެއްޗެހި ވެސް ކޮވިޑް-19އަށް ޓެސްޓުކުރާނެއެވެ.

ނާދިއާ (މިނިކާވަގު) އަކީ އެމެރިކާގައި ކޮރޯނާވައިރަސް ޖެހުނު ފުރަތަމަ ޖަނަވާރެވެ. އަދި މުޅި ދުނިޔެއިން ވެސް އެ ވައިރަސް ޖެހިގެން ރިޕޯޓުކުރި ފުރަތަމަ މިނިކާވަގެވެ. މީގެ ކުރިން، އެހެން ޤައުމުތަކުން ބުޅަލަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ކުރިން ދެކެމުން އައި ގޮތުގައި، މި ވައިރަހަކީ ހަމައެކަނި އިންސާނުންނަށް ޖެހޭ ވައިރަހެކެވެ. އެހެންނަމަވެސް، އެއީ އެކިއެކި ޖަނަވާރުންނަށް ވެސް އަސަރުކުރާ ވައިރަހެއް ކަން މިހާރު މިވަނީ ޔަޤީންވެފައެވެ. މިއާއެކު، ޖަނަވާރު ގެންގުޅޭ މީހުންނަށް އިތުރު ބިރުވެރިކަމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވެއެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!